ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި މަޖިލީހުން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފޮނުއްވައިފިއެވެ.

ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކުރިމަތިލެއްވި 4 ބޭފުޅުންނަކީ ގ. މާލޭހިޔާ (2-1503) ހުޝާމް ވަޙީދު، ގ. ތަރިޖެހިގެ ޒޫނާ މުޙައްމަދު، ގ. ޕާރކްވިޔު ޢަބްދުލްޙަންނާން އަޙްމަދު އަދި ވ. ވިލިވިލާ އިބްރާހީމް އަޙްމަދު އެވެ.

18 ރަމަޟާން 1435

16 ޖުލައި 2014