ޤައުމީ ތަރައްޤީގެ ކޮމިޓީގެ ނައިބު މުގައްރިރު ހޮއްވަވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢުލަބިއްޔަތުން ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ކޮމިޓީގެ ނައިބު މުގައްރިރުކަމަށް ހޮއްވަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، އެއަށްފަހު ކުރިއަށް ގެންގޮސްފައިވަނީ ހިންގާ ގަވާއިދު ފާސްކުރެއްވުމުގެ މަސައްކަތެވެ. އެ ގޮތުން މެންބަރުންނަށް ފެނިވަޑައިގަންނަވާ އިސްލާހުތައް ދެން އޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށް ނިންމެވިއެވެ.

މިކޮމިޓީގެ މުޤައްރިރު ހޮއްވަވާފައިވަނީ، 30 ޖޫން 2014 ވީ ހޯމަދުވަހު ބޭއްވުނު މި ކޮމިޓީގެ ބައްދަލުވުމުގައެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަޑައިގެންނެވިއެވެ.

15 ޖުލައި 2014