ދިވެހިރާޖެއާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ އޮފް މިޝަން ވިލިއަމް ވައިންސްޓައިން އާއި ޕޮލިޓިކަލް ޗީފް މައިކަލް ހޮނިގްސްޓައިން އާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ދެކެވުނު ވާހަކަފުޅުގައި، މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ނައިބު ރައީސް ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާ، މަޖިލީހުގެ މަސައްކަތް ރާއްވަވާފައިވާ ގޮތުގެ މައްޗައް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައިވެއެވެ.
މީގެ އިތުރުން ޖުޑިޝަރީ އިސްލާޙް ކުރުމާ ބެހޭ ގޮތުން މަޖިލީހުން ކުރެވެން އޮތް މަސައްކަތްތަކާއި ބެހޭ ގޮތުން ހިޔާލު ބަދަލުކުރައްވާފައިވެއެވެ.