2013 ވަނަ އަހަރުގެ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަރުއްވައިފި

_CHR3115ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ހުސައިންރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު އާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު މިބައްދަލުކުރެއްވުމަކީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަސައްކަތްތައް ތަޢާރަފްކޮށްދެއްވުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސީޓީ (ޤާނޫނު ނަންބަރ 3/2011) ގެ ޤާނޫންގެ 54 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރެވިފައިވާ 2013 ވަނަ އަހަރު ޔުނިވަރސީޓީ ރިޕޯޓު އެރުއްވުމަށް ބޭއްވުނު ބައްދަލުކުރެއްވުމުކެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ހުސައިންގެ ވާހަކަފުޅުގައި ފާއިތުވީ އަހަރުގައި ޔުނިވަރސީޓީގައި ކުރެވުނު މަސައްކަތަށް އަލިއަޅުއްވާލައްވަމުން، ޔުނިވަރސިޓީއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން މައުލޫމާތު ޙިއްސާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ މި ރާއްޖޭގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ތަނެއްކަމަށާއި، ތަފާތު ރޮނގުރޮނގުން ތަޢުލީމީ ރައްޔިތުން ބިނާކުރުމުގައި ޤައުމީ ޔުނިވާސިޓީގެ ދައުރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ވައިސް ޗާންސެލަރ ޑރ. ޙަސަން ހަމީދާއި ޑެޕިއުޓީ ވައިސް ޗާންސެލަރ ޙުސައިން ޙަލީމް ބައިވެރިވަޑައިގެންނެވިއެވެ.

10 ޖުލައި 2014