އިޖްތިމާޢީ ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން، ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ އިޞްލާޙުތައް ހުށަހެޅުއްވުމަށް 3 ހަފްތާގެ މުއްދަތެއް ދެއްވުމަށް ނިންމެވިއެވެ. އަދި ކޮމިޓީގެ ހިންގާ ގަވާއިދަށް ކޮމިޓީން  އިޞްލާޙު ގެނެވެންދެން 17 ވަނަ މަޖިލީހުގައި އިޖްތިމާޢީ ކޮމިޓީން ބޭނުން ކުރެއްވި ގަވާއިދަށް ޢަމަލުކުރެއްވުމަށްވެސް ނިންމެވިއެވެ.

މީގެއިތުރުން، 2003ގެ ޖަމްޢިއްޔާތަކާބެހޭ ޤާނޫން ރިވިއު ކުރައްވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން، ގެންދަވާތީ އެކަމާ ގުޅޭގޮތުން އެބޭފުޅުންގެ ޕޮޒިޝަން ޕޭޕާރ ހިއްސާކުރެއްވުމަށް 16 ޖުލައި 2014 ވާ ދުވަހު ކޮމިޓީއާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނަވާފައިވާތީ، އެދުވަހު އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

9 ޖުލައި 2014