ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނަށް (ޤާނޫނު ނަންބަރު 96/6) އިޞްލާޙު ގެނައުމުގެ ބިލު ދިރާސާ ކުރައްވާ، ބިލު ހުށަހަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މީގެ އިތުރުން، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި “އޮޕްޝަނަލް ޕްރޮޓޮކޮލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގް އިން ޕަރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” އަށް ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާ ކުރެއްވުން ކުރިއަށްގެންދެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންނަކީ، ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާ، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އިޡްމާން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙުމަދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ދީދީ އެވެ.

8 ޖުލައި 2014