ނިޒާމް ގެއްލުމުގެ ސަބަބުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި މެދުކަނޑާލައްވައިފިއެވެ.
ޖަލްސާ މެދުކަނޑާލެއްވިއިރު ކުރިއަށް ގެންދެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބް އަބްދުލްޣަފޫރުއާ ސުވާލުކުރެއްވުމުގެ ބައެވެ.
މިއަދުގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.
11 ރަމަޟާން 1435
08 ޖުލައި 2014