މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

_CHR0681ނިޒާމް ގެއްލުމުގެ ސަބަބުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި މެދުކަނޑާލެއްވުމަށްފަހު 02:00 ގައި ޖަލްސާ ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާގެ ނިންމަވާލެއްވީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެފައިވާ މައްސަލަތަކަށް ހައްލުކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުންކަމަށް  ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވަމުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 8 ޖުލައި 2014 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައި މަޖިލީސްކުރާގޭގައެވެ.

10 ރަމަޟާން 1435

07 ޖުލައި 2014