މާލިއްޔަތު ކޮމިޓީގެ ތިން ވަނަ ބައްދަލުވުން ބާއްވައިފި

_CHR0636މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، 1،500 ހައުސިންގް ޔުނިޓް ބިނާކުރުމަށް ޗައިނީސް އެގްޒިމް ބޭންކްއިން ދިވެހިރާއްޖޭގެ ސަރުކާރުން ނަގާ ލޯނުގެ މައްސަލަ ދިރާސާކުރައްވާ، 17 ޑިސެމްބަރ 2012 ވީ ދުވަހު ބޭއްވުނު މާލިއްޔަތު ކޮމިޓީން އެކުލަވާލެއްވި ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމަވައިފިއެވެ.

މާލިއްޔަތު ކޮމިޓީން ކުރިން ތައްޔާރުކޮށްފައިވާ މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ. އަދި މި ހުށަހެޅުމަށް ތާޢީދުކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤްއެވެ. މި ހުށަހެޅުން ފާސްވީ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންވަރުންގެ ތެރެއިން 6 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިންމަނިކު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ސާލިޙް، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ، އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްއެވެ.

10 ރަމަޟާން 1435

07 ޖުލައި 2014