އިިޤްތިޞާދީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އަދި ޤައުމީ ސަލާމަތުގެ ކޮމިޓީ ނައިބު މުޤައްރިރު ހޮއްވަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފިއެވެ. މިގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢްލަބިއްޔަތުން ކޮމިޓީގެ މުޤައްރިރު ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޙަލީލް އަދި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ހޮއްވެވިއެވެެ.

މީގެއިތުރުން، ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކޮމިޓީގެ އަޢުލަބިއްޔަތުން މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިންވަނީ ހޮއްވަވާފައެވެ. 30 ޖޫން 2014 ވީ ހޯމަދުވަހު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމުގައިވަނީ ކޮމިޓީގެ އަޢުލަބިއްޔަތުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރުކަމަށް ހޮވިވަޑައިގެންފައެވެ.

 

02 ޖުލައި 2014