ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނާ ގުޅޭގޮތުން މަޖިލީހުން ނިންމަވާފައިވާ ނިންމެވުން އަދިވެސް އެއްފަހަރު މުރާޖަޢާކޮށް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފި

_CHR9160ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި ޢިމާރާތްކުރުމާބެހޭ ގޮތުން 29 ޑިސެމްބަރ 2013 ގައި ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުން އަދިވެސް އެއްފަހަރު މުރާޖަޢާކޮށް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މާލިއްޔަތު ކޮމިޓީއަށް މިއަދުގެ އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.

04 ރަމަޟާން 1435
2 ޖުލައި 2014