ބޭންކް އޮފް މޯލްޑިވްސް އިން ސްޓެލްކޯ އަށް ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީއަށް ދައުލަތުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރުކޮށް، ގެރެންޓީ އައުކޮށްދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ބޭންކް އޮފް މޯލްޑިވްސް އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީއަށް 1 ސެޕްޓެމްބަރ 2009 ގައި ދައުލަތުން ދީފައިވާ ގެރެންޓީގެ މުއްދަތު 31 މާރިޗް 2015 ގެ ނިޔަލަށް އިތުރުކޮށް، ގެރެންޓީ އައުކޮށްދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި ފޮނުއްވައިފިއެވެ.

03 ރަމަޟާން 1435

1 ޖުލައި 2014