ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 9 ކޮމިޓީއެއްގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން އަދި 2 ކޮމިޓީއެއްގެ މުޤައްރިރުން ހޮއްވަވައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 9 ކޮމިޓީއެއްގެ މުޤައްރިރުންނާއި  ނައިބު މުޤައްރިރުން އަދި 2 ކޮމިޓީއެއްގެ މުޤައްރިރުން ހޮއްވަވައިފިއެވެ.

މިގޮތުން، ޕެޓިޝަން ކޮމިޓީގެ މުޤައްރިރުކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް ކޮމިޓީގެ ޢިއްތިފާޤުން ހޮވިވަޑައިގެންނެވިއެވެ.

މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަމަށް ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި ނައިބު މުޤައްރިރު ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު ކަމަށް ކޮމިޓީގެ ޢިއްތިފާޤުން، ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު ހޮވިވަޑައިގެންނެވިއެވެ. އަދި ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

ޢާންމު ކޮމިޓީގެ މުޤައްރިރުކަމަށް ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އަދި ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

ސުލޫކް ކޮމިޓީގެ މުޤައްރިރުކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް އަދި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރުކަމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އަދި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

އިމްތިޔާޒް ކޮމިޓީގެ މުޤައްރިރުކަމަށް އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް އަދި ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީ ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

ގަވާއިދު ކޮމިޓީގެ މުޤައްރިރުކަމަށް، ކޮމިޓީގެ ޢިއްތިފާޤުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހޮވިވަޑައިގެންނެވިއެވެ. އަދި ނައިބު މުޤައްރިރުކަމަށް މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން ކޮމިޓީގެ އަޢުލަބިއްޔަތުން ހޮވިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ޤައުމީ ސަލާމަތުގެ ކޮމިޓީގައި، ކޮމިޓީގެ އަޢުލަބިއްޔަތުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ކޮމިޓީގެ މުޤައްރިރުކަމަށް ހޮވިވަޑައިގެންނެވިއެވެ. އަދި، ޤައުމީ ތަރައްޤީގެ ކޮމިޓީގައިވެސް ވަނީ މުޤައްރިރު ހޮއްވަވާފައެވެ.އެއީ ކޮމިޓީގެ މުޤައްރިރުކަމަށް ކޮމިޓީގެ ޢިއްތިފާޤުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ.  ނަމަވެސް ޤައުމީ ސަލާމަތުގެ ކޮމިޓީގެ އަދި ޤައުމީ ތަރައްޤީގެ ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ހުށަހެޅިފައިވާ ނަންފުޅުތަކަށް އަޢުލަބިއްޔަތުން ނުލިބުން އެހެން ދުވަހަކަށްވަނީ ފަސްކުރެއްވިއެވެ.

1 ޖުލައި 2014