ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުއްވި ނަންފުޅުތައް އިއުލާނު ކުރައްވައި ފާސްކުރައްވައިފި

_CHR8817 ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުއްވި ނަންފުޅުތައް މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާގައި ރިޔާސަތުން އިއުލާނުކުރައްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ 57 މެންބަރުންގެ އިއްތިފާޤުންނެވެ. 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާޞަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް މޫސާ މަނިކެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 1 ޖުލައި 2014 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

02 ރަމަޟާން 1435

30 ޖޫން 2014