މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާ ނިންމަވާލައްވައިފިކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު މިއަދު މެންދުރު ބޭއްވުނު ދަންފަޅީގައި އިޢުލާންކުރައްވައިފިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 ޖޫން 2014 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

27 ޝަޢުބާން 1435

25 ޖޫން 2014