ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް ޖަލްސާ މެދުކަނޑާލައްވައިފި

_CHR7405ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސެވުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީސް ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާ މެދުކަނޑާލައްވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރިޔާޞަތުން މިގޮތަށް ނިންމެވީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ނިޒާމް ގެއްލުވާލެއްވުމާ ގުޅިގެންނެވެ.

09:42 ގައި ޖަލްސާ މެދުކަނޑާލެއްވިއިރު އެޖެންޑާކުރެވިގެން ކުރިއަށް ދިޔައީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ކުރައްވާ ސުވާލުގެ އައިޓަމެވެ.

26 ޝަޢުބާން 1435

24 ޖޫން 2014