ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތް އޭޝިޔާ ރައްޔިތުންގެ މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR7178

ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތް އޭޝިޔާ އަތުލް ކެޝަޕް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ ވާހަކަފުޅުގައި، ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތްރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތް އޭޝިޔާ އަތުލް ކެޝަޕްގެ އިތުރުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން އާ ޕޮލިޓިކަލް އޮފިސަރ ކްރިސްޓޮފަރ ގަނިންގް ބައިވެރިވެވަޑައިގެންނެވިއެވެ.

22 ޖޫން 2014