ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

_CHR6356ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު މިބައްދަލުކުރެއްވުމަކީ މަޖިލީހުގެ މަސައްކަތުގައި އިންސާނީ ޙައްޤުގެ ނަޒަރިއްޔާތުން ވިސްނަންޖެހޭކަންކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަލްފާޟިލާ މަރިޔަމް އަޒްރާ އަޙްމަދު މަޝްވަރާކުރެއްވުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތުގައި އިންސާނީ ޙައްޤުތަކަށް އަށަގަނެވޭނެ ގޮތަކަށް ކަންތައްތައް ބައްޓަންކުރުމާއި ގުޅޭ ގޮތުން ޚިޔާލުބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްގެ އިތުރުން ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ތޮލާލް އާއި މެންބަރު ޑރ ޢަލީ ޝަމީމް އާއި ޢަމީން ޢާންމު އަލްފާޟިލް ޝަމްއޫން ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

19 ޖޫން 2014