ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީސް ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާ ނިންމަވާލައްވައިފިކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު މިއަދު މެންދުރު ބޭއްވުނު ދަންފަޅީގައި އިޢުލާންކުރައްވައިފިއެވެ.

17 ޖޫން 2014