ސިއްޙީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ބިލު އަނބުރާ ގެންދަވައިފި

_CHR5425

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ސިއްޙީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި މިއަދު އަނބުރާ ގެންދަވައިފިއެވެ.

މިބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން، މިބިލު ހުށަހެޅުއްވި މެންބަރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިބިލު އަނބުރާ ގެންދެވީ ބިލު ދިރާސާކުރައްވާނޭ ކޮމިޓީއެއް ނެތުމުން ބިލަށް އިޞްލާޙް ގެނެވުމަށްޓަކައިކަމަށް ވިދާޅުވެއެވެ.

މިބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.