63 ވަނަ ވެސްޓްމިންސްޓާ ސެމިނަރ އޮން ޕާލިމަންޓަރީ ޕްރެކްޓިސް އެންޑް ޕްރޮސީޑިއާގައި މަޖިލީހުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންފި

މި ޖޫންމަހުގެ 16 ން 20 ށް، އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާގައި ބޭއްވޭ ވެސްޓްމިންސްޓާގެ 63 ވަނަ ސެމިނާގައި ބައިވެރިވެވަޑައިގެންވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކުގެ އަރިހުގައި މަހިބަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތާރިޤްވެސް މި ސެމިނާގައި ބައިވެރިވެވަޑައިގެންނަވައެވެ. މިސެމިނާގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ޕާލިމަންޓަރީ ޑިމޮކްރަސީއާއި، މަޖިލިސްތަކުގެ މަސައްކަތްތަކާ މަޖިލީހުގެ ޤަވާއިދު ހަރުދަނާކުރުމާ ބެހޭ ގޮތުންނެވެ. މި ބައްދަލުވުމަށް، ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންނާ އަދި މަޖިލީހުގެ އިދާރީ މުވައްޒަފުންގެ ތެރެއިން ، ގާތްގަނޑަކަށް 90 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

15 ޖުލައި  2014