އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR4786ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޖޯން ރަންކިން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް މަސީޙް ދެއްކެވި ވާހަކައިގައި، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ ރަހުމަތްތެރި ގުޅުމާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. އަދި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ، އެކަމުގެ މައުލޫމާތު ދެއްވިއެވެ.

ސަފީރު ރަންކިންގެ ވާހަކަގައި، މަޖިލީހުގެ ރައީސްކަމަށް މަސީޙް އިންތިޚާބުވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރްޙަބާ ދެންނެވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާކުރެއްވިއެވެ.