ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލު އުޡްމާން ހުށަހަޅުއްވާފައިވާ، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ އެއްވެސް ތަފާތުކުރުމެއްނެތި އުނގެނުމުގެ ހައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްޤެއް ކަމުގައާއި، ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ދައުލަތުން ހިލޭ ފޯރުކޮށްދޭންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުޑަކުދިންނަށް ތަޢުލީމު ދިނުމަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮށްދޭންޖެހޭ ކަމެއްކަމަށް ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ޤާނޫނުއަސާސީން އުނގެނުމުގެ ހައްޤު ލިބިދޭ މިންވަރަށް އެ ޤާނޫނުންވެސް އެ ހައްޤު ލިބިދޭންވާނެ ކަމަށް ފެންނާތީ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

9 ޖޫން 2014

ބިލް ޑައުންލޯޑް ކުރެއްވުމަށް