މެޑިކަލް ޑިވައިސަސްއާބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު ހުށަހަޅުއްވާފައިވާ، މެޑިކަލް ޑިވައިސަސްއާ ބެހޭ ބިލުގެ ފުރަތަމަ ކިޔުން މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

މި ބިލުގެ މަޤްސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިއްޙީ ފަރުވާ ދިނުމުގެ ކަންތައް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދެމުން ގެންދާތީ، އެ ޚިދުމަތް ދިނުމުގައި ބޭނުންކުރެވޭ މެޝިނަރީ އާލާތްތަކަކީ އެކަމަށް އެކަށޭނަ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދޭ އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ސާމާނުތޯ ބަލާ ޗެކް ކުރުމާއި އެފަދަ ތަކެތިން ދިމާވާ މައްސަލަތައް ކުޑަކުރުމަށާއި ތަކެތީގެ ފެންވަރު ބެލެވޭ ނިޒާމެއް ގާއިމް ކޮށް ދެމެހެއްޓެނިވިގޮތެއްގައި މިކަންކަން ހިންގައި ބެލެހެއްޓުމެވެ.

9 ޖޫން 2014

ބިލް ޑައުންލޯޑް ކުރެއްވުމަށް