ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

ސަރުކާރުގެ ފަރާތުން ވިލިމާލެދާއިރާގެ މެންބަރު އަޙުމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

ބިލު ހުށަހެޅުމުގެ މަޤްސަދު ކަމުގައި ބަޔާން ކޮށްފައިވަނީ، ދިވެހިރާއްޖޭގެ މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައަޅައި، އެ ޒޯންތައް ހިންގާނެ ގޮތްތަކާއި އެ ޒޯންތަކުގައި އިންވެސްޓްކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށާއި، އެ ޒޯންތައް ތަރައްޤީކުރާ ޑިވެލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ ޢިނާޔަތްތައް ބަޔާންކުރުމަށާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ޤާނޫނެއް އެކުލަވާލުން ކަމުގައެވެ.

9 ޖޫން 2014

ބިލް ޑައުންލޯޑް ކުރެއްވުމަށް