ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅުން އިޢުލާން ކުރައްވައިފި

5555

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ޖަލްސާތަކުގެ ރިއާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނުކުޅެދިއްޖެ ހާލަތެއްގައި ޖަލްސާގެ ރިއާސަތު ބަލަހައްޓާނެ މެންބަރުންގެ ނަންފުޅުތައް، ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތީން މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު، މިއަދު ބޭއްވުނު ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި އިޢުލާންކުރައްވައިފިއެވެ.
މިގޮތުން މި ފަސް މެންބަރުން ތަރުތީބު ކުރައްވާފައިވަނީ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެންނެވެ. މި މެންބަރުންނަކީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުޙަންމަދު ސާލިޙް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިން މަނިކު ދޮން މަނިކެވެ.

 

9 ޖޫން 2014