މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލާ ކޮމިޓީގެ 6 ވަނަ ބައްދަލުވުން ބާއްވަވައިފި

_CHR4415

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމުގައި ޕާޓީތަކުގެ މެދުގައި އިތުރު މަޝްވަރާކުރުން މުހިންމު ކަމަށް ވިދާޅުވެ، ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމަވާލައްވައިފިއެވެ. އަދި މި ކޮމިޓީގެ އިތުރު ބައްދަލަުވުމެއް ބާއްވާނީ ޕާޓީތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް ކުރިއެރުމެއް ލިބުމުން ކަމުގައި މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްއެވެ.