އިންޑިޔާގެ ސަފީރު މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

 

_CHR4454ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް، އިންޑިޔާގެ ސަފީރު ރަޖީވް ޝަހާރީ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް މަސީޙް ދެއްކެވި ވާހަކައިގައި، ރާއްޖެއާއި އިންޑިޔާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ.

އިންޑިޔާގެ ހައި ކޮމިޝަނަރގެ ވާހަކަފުޅުގައި، މަޖިލީހުގެ ރައީސްކަމަށް މަސީޙް އިންތިޚާބުވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރްޙަބާ ދެންނެވިއެވެ. އަދި އިންޑިޔާ އާއި ރާއްޖެއާ ދެ ޤައުމުގެ ސިޔާސީ މަސްރަޙާއި އަދި ރައްޔިތުންގެ މަޖިލީހާއި ބެހޭގޮތުން ހިޔާލު ބަދަލު ކުރެއްވިއެވެ.