ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR4353

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް، ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަސަން. އީ. އެލް ތާލިބް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް މަސީޙް ދެއްކެވި ވާހަކައިގައި، ސުދާނުން ރާއްޖެއަށް ކަނޑައަޅެއްވި ސަފީރަށް މަރުޙަބާ ދަންނަވާ، ސޫދާންއާއި ދިވެހިރާއްޖެއާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.

ސޫދާން ގެ ސަފީރުގެ ވާހަކައިގައި، މަޖިލީހުގެ ރައީސްކަމަށް މަސީޙް އިންތިޚާބުވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރްޙަބާ ދެންނެވިއެވެ. އަދި ސޫދާން އާއި ރާއްޖެއާ ދެ ޤައުމުގެ ސިޔާސީ މަސްރަޙާއި އަދި ރައްޔިތުންގެ މަޖިލީހާއި ބެހޭގޮތުން ހިޔާލު ބަދަލު ކުރެއްވިއެވެ.

4 ޖޫން 2014