އީ.ޔޫ. އިލެކްޝަން އޮބްޒާވަރ މިޝަންގެ ޗީފް އިލެކްޝަން އޮބްޒާވަރ، މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR4318

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް، ޔޫރަޕިއަން އިއްތިހާދުގެ އިލެކްޝަން އޮބްޒާވަރ މިޝަންގެ ޗީފް އިލެކްޝަން އޮބްޒާވަރ އެޑުއާޑް ކޫކަން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ދެއްކެވި ވާހަކައިގައި، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމުގައި އާއި ނިމިގެން ދިޔަ އާއްމު އިންތިޚާބު އޮބްޒާވްކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ތަރައްޤީގެ ޕާޓްނަރުންގެ އެހީތެރިކަމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ޚިދުމަތްތެރި މަޖިލީހަކަށް ހެދުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުމަށާއި ސިޔާސީ ޕާޓީތަކާއި އެކީގައި މަސައްކަތްކުރައްވަން އެމަނިކުފާނު އަޒުމްކަނޑައަޅުއްވާފައިވާކަމުގައި ވިދާޅުވިއެވެ.

މިޝަންގެ ފަރާތުން ވާހަކަދައްކަވަމުން، އެޑުއާޑް ކޫކަން، 18 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ގުޅިގެން މިޝަންގެ މަސައްކަތްކުރިއަށް ދިޔަ ގޮތުގެ މަޢުލޫމާތު ޚިއްސާކުރެއްވިއެވެ. އަދި އިންތިޚާބު މޮނިޓަރ ކުރުމަށް ކުރެވުނު މަސައްކަތަކީ، ދިވެހިރާއްޖެ އާއި ޔޫރަޕިއަން އިއްތިހާދާއި ދެމެދުގައި އޮންނަ ރަހުމަތްތެރި ގުޅުން އިތުރަށް ފަހިވެގެންދާނެކަމުގައި ގަބޫލުކުރައްވާކަމުގައި ވިދާޅުވިއެވެ.

04 ޖޫން 2014