މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރެވޭ މިންވަރު ކަނޑައަޅައި ފާސްކުރައްވައިފި

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ ދެވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ. މި ބައްދަލުވުމުގައި ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލްކުރެވޭ މިންވަރު ކަނޑައަޅައި ފާސްކުރެއްވިއެވެ.

ކޮމިޓީއަށް މެންބަރުން ކަނޑައެޅުމުގެ ކުރިން ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރުމަށް ކޮމިޓީން ނިންމަވައި، މާދަމާ ހެނދުނު 10 ގައި މި ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްއެވެ.