މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ގޮތުން 5 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައްވައިފި

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ގޮތުން 5 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައްވަން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މި 5 މެންބަރުންގެ ކޮމިޓީ އެކުލަވާލައްވާފައިވަނީ 74 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިގެންނެވެ.

މަޖިލީހުން އެކުލަވާލެއްވި މި 5 މެންބަރުންގެ ކޮމިޓީގައި ތިއްބަވަނީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ. މި 5 މެންބަރުންގެ ކޮމިޓީގެ ނަންފުޅުތައް ފާސްކުރައްވާފައިވަނީ 72 މެންބަރުންގެ އިއްތިފާޤުންނެވެ.

04 ޝަޢުބާން 1435

2 ޖޫން 2014