18 ވަނަ ރައްޔިތުންގެ މަޖިލިސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފި

18 ވަނަ ރައްޔިތުންގެ މަޖިލިސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 10:00 ގައި ރައްޔިތުންގެ މަޖިލިސްކުރާގޭގައި ބާއްވައިފިއެވެ.

85 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިޖަލްސާގައި މެންބަރުންގެެ ހުވައި ލާދެއްވީ އޮނަރަބަލް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސެއިނެވެ. ހުވައިކުރެއްވުމަށްފަހު، މެންބަރުންވަނީ އެބޭފުޅުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާ ކުރިއަށް ގެންދަވާނީ މިއަދު 11:00 ގައެވެ.

30 ޝަޢުބާން 1435

28 މެއި 2014