18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތާއި އަދި އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެ

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތާ އަދި 18 ވަނަ މަޖިލީހުގެ މިއަހަރުގެ  ފުރަތަމަ ޖަލްސާ މާދަމާ 28 މެއި 2014 ވާ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި އޮންނާނެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވާ ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 10:00 ގައެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 11:00 ގައެވެ. އެޖަލްސާގައި އޮންނާނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމެވެ.

27 މެއި 2014