ހ.މީނާޒް ޑޮކްޓަރ ފާތިން ޙަމީދު އަވަހާރަވުމާގުޅިގެން އެކަމަނާގެ ޢާއިލާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ހ.މީނާޒް ޑޮކްޓަރ ފާތިން ޙަމީދު އަވަހާރަވުމާގުޅިގެން އެކަމަނާގެ ޢާއިލާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ފޮނުއްވި މެސެޖްގައިވަނީ:

“ޑޮކްޓަރ ފާތިން ޙަމީދަކީ ރާއްޖޭގެ ޑިމޮކްރަޓިކް އިސްލާހީ މަސައްކަތްތަކުގައި އިސްނެންގެވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ހީވާގި ބޭފުޅެކެވެ. އެކަމަނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާ ސަވާބު އިތުރުކުރައްވާށިއެވެ.”

5 މެއި 2014