އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 40 މެންބަރުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލަކީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި ބިލެކެވެ. މިބިލު 20 ޖޫން 2013 ގައި މަޖިލީހުން ފާސްކުރައްވާފައިވަނިކޮށް އަލުން ވިސްނެވުމަށް 3 ޖުލައި 2013 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިލު މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާފައެވެ.