ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

_CHR5266 ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 3 ބިލެއްގެ ފުރަތަމަ ކިޔުން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

އެ 3 ބިލަކީ ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/7) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/5) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/7) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުމެވެ.

މިއަދުގެ ޖަލްސާގެ ރިޔާޞަތު ބަލަހައްޓަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

27 އޭޕްރީލް 2014