ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/8) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 7 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 37 މެންބަރުންނެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރުން ވޯޓް ދެއްވާފައިވާއިރު އިތުރު 7 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލުގެ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު ޢަބްދުﷲ މަސީޙު މުޙަންމަދު އެވެ. މިބިލަށް 12 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަދި ނައިބު ރައީސް އަޙްމަދު ނާޒިމް ބަލަހައްޓަވާފައިވެއެވެ.

21 އޭޕްރީލް 2014