ޔޫ.އެން.ޑީ.ޕީގެ ކޮންސަލްޓަންޓް ޑރ. ޖޯން ޕެޓަރސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

_CHR4147 ޔޫ.އެން.ޑީ.ޕީ ގެ  ކޮންސަލްޓަންޓް ޑރ. ޖޯން ޕެޓަރސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި 18 ވަނަ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްއެއް އިންތިޒާމްކޮށް ރޭވުމާއި ބެހޭ ގޮތުން ހިޔާލު ބަދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައިވެއެވެ.

“އިންޓަރގްރޭޓަޑް ގަވަރނަންސް ޕްރޮގްރާމް” ގެ ނަމުގައި ޔޫއެންޑީޕީގެ ފަރާތުން ހިންގާ މި އޮރިއެންޓޭޝަން ޕްރޮގްރާމްގެ މަޤްސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާއި، މަޖިލީހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން މުޠާލިޔާކުރުން ހިމެނެއެވެ.