ޤާނޫނުލްއުޤޫބާތުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ފޮނުއްވައިފި

_CHR2662ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާގައި ފާސްކުރެއްވި ޤާނޫނުލްއުޤޫބާތުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދު ފޮނުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ޤާނޫނުލްއުޤޫބާތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވަނީ 14 އޮކްޓޯބަރ 2009 ގައެވެ. އެ ބިލު ދިރާސާކުރައްވައި ނިންމެވުމަށްފަހު ކޮމިޓީގެ ރިޕޯޓު މަޖިލީހަށް 29 ޑިސެމްބަރ 2013 ވަނަ ދުވަހު ހުށަހެޅުމުން، އެ ބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރައްވާފައެވެ. ކޮމިޓީން އަލުން ބިލު ދިރާސާކުރައްވައި، ބިލާ މެދު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ފާސްކުރެއްވުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުނީ އިއްޔެއެވެ. މި ބިލު ފާސްކުރައްވާފައިވަނީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

2 އޭޕްރީލް 2014