18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގެންނެވި މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަހުނިޔާ އާއި މުބާރިކްބާދީ ފޮނުއްވައިފި

18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގެންނެވި މެންބަރުންނަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރިކްބާދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފޮނުއްވައިފިއެވެ.

އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވާ މެންބަރުން ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރައްވަންޖެހޭ މަޖިލީހުގެ މެންބަރުކަމުގެ ޤާނޫނީ ހުވައިކުރުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 208 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވަންޖެހޭ ކަމެއްކަމުގައި ކަނޑައަޅާފައިވުމާއެކު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމާގުޅޭ ކަންކަން މިހާރު އިންތިޒާމުކުރަމުން ގެންދަވާ ވާހަކަ ވިދާޅުވެފައިވެއެވެ.

2 އޭޕްރީލް 2014