ޔޫ.އެނެް. ރެޒިޑެންޓް ކޯޑިނޭޓަރ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޔޫ.އެން ރެޒިޑެންޓް ކޯޑިނޭޓަރ މރ. އެންޑްރިއު ކޮޒް (Mr. Andrew Cox) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބޭއްވުނު މި ޒިޔާރަތުގައި މަޖިލީހުގެ ރައީސް މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ތަޢާރަފެއް ޔޫ.އެން ރެޒިޑެންޓް ކޯޑިނޭޓަރ މރ. އެންޑްރިއު ކޮޒްއަށް އެރުވިއެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ޕާލަމެންޓަރީ އެކްސްޕާޓެއްގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މަޖިލީހުގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ.

ޔޫ.އެން ރެޒިޑެންޓް ކޯޑިނޭޓަރ މރ. އެންޑްރިއު ކޮޒްދެއްކެވި ވާހަކަފުޅުގައި ޔޫ.އެން.ޑީ.ޕީ އިން ރާއްޖެއަށް އެހީތެރިވެދެއްވާނެ ދާއިރާތައް ބައްލަވައި އެދާއިރާތަކުން ރާއްޖެއަށް އެހީތެރިވެދެއްވާނެކަމުގެ ޔަޤީންކަން މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއަށް އެރުވިއެވެ.