ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ހުށަހެޅުމަކާއެކު ފާސްކުރައްވައިފި

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 94/6) އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ހުށަހެޅުމަކާއެކު މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ބިލު ފާސްކުރައްވާފައިވަނީ 33 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.

މި ބިލަށް ހުށަހެޅި ހުށަހެޅުން ފާސްކުރައްވާފައިވަނީ 32 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ހުށަހެޅުން ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރުން ވޯޓް ދެއްވާފައިވާއިރު، 8 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.

31 މާރިޗު 2014