ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/6) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މި ގޮތަށް ފާސްކުރައްވާފައިވަނީ 46 މެންބަރުންގެ އިއްތިފާޤުންނެވެ.
މިގޮތަށް ފާސްކުރެއްވުމާގުޅިގެން ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/6) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް އޭޕްރީލް 2015 ގެ ނިޔަލަށް ޢަމަލުކުރެވިގެންދާނެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.
31 މާރިޗު 2014