އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ ޖިންސީ ކުށުގެ ބިލަށް މެންބަރުން ބަހުސްކުރައްވައިފި

މަޖިލީހުން ފާސްކުރައްވައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަޞްދީޤުކުރެއްވުމަށް ފޮނުވުނު ޖިންސީ ކުށުގެ ބިލާމެދު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީ އިއްވައި 11 މެންބަރަކު ވާހަކަ ދައްކަވައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ފޮނުއްވުމަށް ގޮތެއް ނިންމެވުން އޮންނަނީ މިއަދު ވޯޓަށް އަހާ ގަޑީގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/6) ގެ ޖަދުވަލު 1 ގައި ހިމެނުމާބެހޭގޮތުން ގަވާއިދުކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި 2 މެންބަރަކު ބަހުސް ކުރައްވާފައިވެއެވެ. މި ރިޕޯޓަށް ވޯޓަށް އެހުންވެސް އޮންނާނީ މިއަދު ވޯޓަށް އަހާ ވަގުތުގައެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.

31 މާރިޗު 2014