ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ކެންސަލް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކޯރަމް ހަމަނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާ މިއަދު ކެންސަލް ކުރައްވައިފިއެވެ.

ޖަލްސާ ކުރިއަށް ގެންދިޔުމަށް ކޯރަމް އަކީ 20 މެންބަރުން ކަމުގައިވާއިރު، މިއަދު ޖަލްސާ ކެންސަލްކުރެއްވިއިރު ހާޒިރުވެވަޑައިގެންތިއްބެވީ 11 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 31 މާރިޗު 2014 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

25 މާރިޗު 2014