ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ނިންމަވާލައްވައިފި

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/11) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ މިއަދު ނިންމަވާލައްވައިފިއެވެ.

މި ބިލަށް ޖުމްލަ 8 މެންބަރުން މިއަދު ބަހުސްކުރައްވާފައިވެއެވެ. މިއަދުގެ މެންދުރު ފަހު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު ވަނީ، މި ބިލު ބަލައިގަންނަން ފެނޭތޯ ވޯޓް ނެގުން، ދެން އޮންނަ މަޖިލީހުގެ ޖަލްސާގައި ނަގާނެކަމުގައި އިޢުލާންކުރައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 މާރިޗު 2014 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

24 މާރިޗު 2014