ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސް ޝެލީ ވައިޓިންގް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު މަޖިލީސްކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ލިބުނު އިތުރު ފުރުޞަތެއްކަން ފާހަގަކުރައްވާ، އިންތިޚާބުގެ ކަންތައްތައް ކުރިއަށް ދިޔަ ގޮތާއި މެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭއާއި ކެނެޑާއާއި ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން، ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރައްވާފައިވެއެވެ.

23 މާރިޗު 2014