ކޮމަންވެލްތް އޮބްޒަރވަރ ގްރޫޕްގެ ޗެއަރ، މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

 ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ރާއްޖެއަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތް އޮބްޒަރވަރ ގްރޫޕްގެ ޗެއަރ ބްރޫސް ގޯލްޑިންގ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު މަޖިލީސްކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް އިންތިޚާބަކީ އަމާން އޮމާންކޮށް ދާނެ އިންތިޚާބެއް ކަމަށް އުއްމީދުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ކޮމަންވެލްތް އޮބްޒާރވަރުންގެ މަސައްކަތާގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.