ޖަރުމަންވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލިސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް، ޖަރުމަން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޔަރގަން މޯހާޑް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައްޔިތުންގެ މަޖިލިސްކުރާގޭގައި ބޭއްވުނު މިބައްދަލުވުމުގައި، ރާއްޖެއާއި ޖަރުމަންވިލާތުގެ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރުމާއިބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ބެހޭ ގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ.